Media cover image

29-08-2024

ޕެންޝަން އޮފީހުން ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޯގަސްޓް 29 ވަނަ ދުވަހު ށ. ފުނަދޫގައި "މާމަ ކާފައިންނާއެކު ހަވީރު ސައި" ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓުގެ މައިގަނޑު އަމާޒަކީ އުފާވެރި މާޙައުލެއްގައި މާމަ ކާފައިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މުހިންމު ދާއިރާތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި އިވެންޓުގައި ޕެންޝަން އޮފީހުން ވަނީ އެއޮފީހުގެ ޚިދުމަތްތައް ފަސޭހައިން ހޯދާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން ވަނީ 'ހެލްތީ އޭޖިން' އާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި އިވެންޓަކީ ޕެންޝަން އޮފީސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ށ. އަތޮޅު ކައުންސިލް އަދި ށ. ފުނަދޫ ކައުންސިލް ގުޅިގެން މާމައިންނާއި ކާފައިން އާއިލާތަކަށާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. 

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store